ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޭޝަނަލް ސާވިސް ބިލު ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި

988
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ “ނޭޝަނަލް ސާވިސް ބިލު” އިތުރަށް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހާތު މުޙައްމަދު ހުށަހެޅުއްވި މި ބިލުގައިވާގޮތުން ނޭޝަނަލް ސާވިސްގައި ބައިވެރިކުރުވޭނީ 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުދިން ބައިވެރިވާނަމަ، އެ ކުއްޖެއްގެ އަމިއްލަ އިޚްތިޔާރުގެ އިތުރުން ގާނޫނީ ބެލެނިވެރިޔާގެ ހުއްދަ ބޭނުންވާނެ ކަމަށް ވެސް އެ ބިލްގައިވެއެވެ.

HajjCop_ads
Advertisement

ބައިވެރިވާ ހުރިހާ ފަރާތްތަކަކީ ވެސް ގާނޫނުގައި ކަނޑައަޅާފައިވާ މެޑިކަލް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.  އަސާސީ ތަމްރީނު ކުރިއަށްދާ މުއްދަތުގައި ބައިވެރިންނަށް ބޭނުންވާ ތިރީގައިވާ ކަންކަން ހަމަޖައްސާނީ މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުންނެވެ.

ސިއްހީ ޚިދުމަތާއި ދަތުރުފަތުރުގެ އިންތިޒާމު ދޭންވާނެ ކަމަށް ވެސް ބިލްގައިވެއެވެ.

ޚިދުމަތުގެ މުއްދަތާއި ވަޒީފާތަމްރީނު ނިމުމުން، ކަނޑައެޅޭ ޔުނީފޯމްޑް ސާވިސްއެއްގައި ޚިދުމަތް ކުރަންޖެހޭނެއެވެ. މި ޚިދުމަތުގެ މުއްދަތު އެއް އަހަރަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް އެ ބިލްގައިވެއެވެ. އަދި ޚިދުމަތުގެ މުއްދަތު ނިމުމުން، ޔުނީފޯމްޑް ސާވިސްތަކުން ދާއިމީ ވަޒީފާގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމް ހިންގާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ޚާއްޞަ ކައުންސިލަކުންނެވެ. މި ކައުންސިލްގައި ހިމެނިވަޑައިގަންނަވާނީ:

ވައިސް ޗެއަރ: މިނިސްޓަރ އޮފް ޑިފެންސް.

މެންބަރުން: ފިނޭންސް މިނިސްޓަރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް.

މި ބިލަކީ ރާއްޖޭގެ ޒުވާނުންނަކީ އަޚްލާގު ރަނގަޅު، ހުނަރުވެރި އަދި ގައުމީ ލޯބި ހުރި ބަޔަކަށް ހެދުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ކުޅިވަރު ޢީދު “އޭޝިއަން ގޭމްސް” ފަށައިފި

ތޮއްޑޫގައި ޤަވާޢިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން

Big 8JbNHIRgphbtwpRIU4jqfzPvq

މިއަހަރުގެ ބާ އިމްތިޙާނު ބާއްވައިފި

BML card

އަންނަ ހަފުތާ ނިމޭއިރު ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް އަންނާނެ: ބީއެމްއެލް