ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަރުވީ ޑައިވިންއަށް ދިޔަ ފަތުރުވެރިންގެ ތެރެއިން އެކަކު، އަނެއް ހަތަރު މީހުން އަދި ނުފެނޭ

kulli khabaru
STO_Ads
TTH_Ads
Advertisement

ޑައިވިންއަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިޔަކު މަރުވެފައި ވަނިކޮށް ފެނިފައި ވަނީ އެކަކު ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް 1:45 ގައި ލިބުނު ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަރުވެފައި ވަނިކޮށް އެކަކު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

MMA_Ads
HajjCop_ads
Advertisement

މަރުވެފައި ވަނީ އިޓަލީގެ ފަތުރުވެރިއެއް ކަމަށް ފުލުހުން ބުންޏެވެ.

“ޑިއުކް އޮފް ޔޯކް” ނަމަކަށް ކިޔާ ސަފާރީން ޑައިވިނަށް ދިޔަ މި ފަސް މީހުން ގެއްލުނީ އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެ މީހުން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ކުރީގެ ވަގުތެއްގައި ފޭބި ގޮތަށް މެންދުރު 12 ޖެހި އިރު ވެސް ނޭރުމުންނެވެ.

އެ ހާދިސާ ހިނގި ސަރަހައްދަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 07 01 071236 rpqv7fco6j4kebn8grbsma1zws0fensqfjk195zecw.png

ދަތުރުކުރި ކާގޯ ބޯޓެއް ފެތެމުންދަނިކޮށް ސަލާމަތްކޮށްފި

ލޯންޗު އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ލޯންޗެއް ދިޔަވެ، އަޑިއަށްދާތީ މީހުން ސަލާމަތްކޮށްފި

ލ. ހިތަދޫގައި ޒުވާނަކު ގެނބިގެން މަރުވެއްޖެ