މާލޭގައި ރަހުމް ކުޑަ ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ސާހިލް އަލީ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ހެންވޭރުގެ ގެއެއްގެ ތެރޭގައި 2023 ވަނަ އަހަރު ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ސާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އުފުލިއެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ މިއަދު ހުކުމްކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ބާކީ އޮތް ތިން ދައުވާގެ ހުކުމް މިހާތަނަށް އިއްވާފައެއްނުވެއެވެ.

ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފައި ވާތީ އޭނާއަށް ކުރީ ކޮން ދައުވާތަކެއްކަން ނޭނގެއެވެ.