ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮރިން މިނިސްޓަރު ކަމުގެ މަގާމުން ޑރ. އަބްދުﷲ ޚަލީލް ވަކިކުރައްވައިފިއެވެ.

މިނިސްޓަރުކަނުން ޚަލީލް މިއަދު ވަކިކުރެއްވި ސަބަބެއް އަދި ނޭނގެއެވެ.

މި ސަރުކާރުގައި ޚަލީލް އެންމެ ފުރަތަމަ އަދާކުރެއްވި މަގާމަކީ ހެލްތު މިނިސްޓަރު ކަމެވެ.

އިޝްތިހާރު އިޝްތިހާރު

ޚަލީލް ވަނީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އޭގެކުރިން ސިވިލްސާވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވިއެވެ.

ޚަލީލް ވަނީ ވެރިކަންކުރާ ޕީއެންސީގެ އެކި ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.