ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަނިކް ސޭޓްގެ އެޕާޓްމަންޓުން!

WhatsApp Image 2026 04 12 at 18.36.54
TTH_Ads
STO_Ads
Advertisement

ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހީމް އަޙްމަދު، ނުވަތަ އާންމު ނަމުން ނަމަ “މަނިކު ސޭޓު” ގެ ގެއިންކަން އެނގިއްޖެއެވެ.

މި ވައްކަން ހިންގާފައިވަނީ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގައި ހުންނަ މަނިކު ސޭޓުގެ އެޕާޓްމަންޓުންނެވެ. ވައްކަން ކުރި ދުވަސްވަރު މަނިކު ސޭޓާއި އޭނާގެ އާއިލާ ތިބީ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގައެވެ. ވަގަށް ނަގާފައިވަނީ އެގޭގައި ހުރި ތިޖޫރީއެއްގައި ހުރި 4 މިލިއަން ރުފިޔާއެވެ.

އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 36 އަހަރުގެ އިސްމާޢީލް އާސިފަކީ މަނިކު ސޭޓުގެ ތިމާގެ މީހެކެވެ. އާއިލާ އުމްރާއަށް ދިޔަ ދުވަސްވަރު ގޭގައި ހުރި ހަމައެކަނި މީހަކީ އޭނާއެވެ.

HajjCop_ads
Advertisement

އޭނާއަކީ މީގެ ކުރިން މާރާމާރީގެ މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ، ނަމަވެސް ހުކުމް ފުރިހަމަނުވަނީސް މިނިވަންވެފައިވާ މީހެކެވެ.

އެ މައްސަލާގައި ދެން ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ މުޙައްމަދު ނޫރު އަޙްމަދާއި މުޙައްމަދު އަފްރާޙްގެ އިތުރުން އުމުރުން 39 އަހަރުގެ އަޙްމަދު ފާރިސް އެވެ. މީގެ އިތުރުން އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ގެއްލުނު 4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އެންމެ 50,000 ރުފިޔާއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އަދި ވަރަށް އަވަހަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެއެވެ.

މަނިކު ސޭޓަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ، “މަންޝާ” ފިހާރަތަކުގެ ވެރިޔާއެވެ. އޭނާ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާތާ 40 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި

88887

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

c

އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް ފުލުހަކު ފުރިހަމަކޮށްފި