ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

4 މިލިޔަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި 5 މީހަކަށް ދައުވާކުރަނީ

TTH_Ads
STO_Ads
Advertisement

މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ވައްކަމުގައި ޖުމުލަ 4,000,000 (ހަތަރު މިލިޔަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އޭގެ ތެރެއިން އެންމެ 50,000 (ފަންސާސް ހާސް) ރުފިޔާ ކަމަށް ވިދާޅުވިއެެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ޖުމުލަ ފަސް މީހަކަށް ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ތިބީ ފުލުހުންގެ ބަންދުގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި، ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް (40އ) އާއި، ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް (36އ) އަދި މާލެ، މ. އޭސިއާ، އަޙްމަދު ފާރިސް (39އ) އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންދާ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

c

އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް ފުލުހަކު ފުރިހަމަކޮށްފި

މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Big zD8qvWccXUybzzEi5LHNXdFNB

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން 2 މީހުން ހައްޔަރުކޮށްފި

ހިއުމަން ސްމަގްލިންގްއާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ