ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލައިޓެއްގައި ތިބި ފަސިންޖަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

police
Maldivian_Ads
TTH_Ads
STO_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ, އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ދަތުރުކުރި ފަސިންޖަރުންތަކެއްގެ ފައިސާ އާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ބުރާސްފަތި ދުވަހުގެ ފަތިހު 05:46 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި އެ ފްލައިޓުން ދަތުރުކުރި ހުޅުމާލެ ހިޔާ 9-12-17، އުމުރުން 46 އަހަރުގެ އިބްރާހީމް ނައީމް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އާއި ކްރެޑިޓް ކާޑުތައް ފެނިފައިވަނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އިން ގޮނޑިއާއި ކައިރީގެ އެކި ސަރަހައްދުތަކުންނާއި އޭނާއަށް ފްލައިޓުން ދޫކޮށްފައިވާ ބައެއް ތަކެތީގެ ތެރެއިން ކަމަށެވެ.

ފެނުނު ތަކެތީގެ ތެރޭގައި ތިން ކްރެޑިޓް ކާޑާއި، 3,040 އެމެރިކާ ޑޮލަރު (46,998.40 ރުފިޔާ)، 1,300 ސިންގަޕޫރު ޑޮލަރު (15,780.95 ރުފިޔާ)، 1,000 ދިވެހި ރުފިޔާގެ އިތުރުން 420 މެލޭޝިއަން ރިންގިޓް (1,630.23 ރުފިޔާ) ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ރުފިޔާއިން ބަލާނަމަ، ޖުމްލަ 65،409.58 ރުފިޔާއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

Sinamale' bridge

އަނެއްކާވެސް ބުރިޖުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި