ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރާއި ކަސްޓަމްސްގެ ކޮމިޝަނަރު މަޝްވަރާކުރައްވައިފި

Igmh
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރެވުނީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާޠިމަތު ދިޔާނާ، އާ ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

މި އިހުތިރާމުގެ ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން މި ބައްދަލުވުމުގައި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ވަކިން ހާއްސަކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އަދި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދާއިރާއާ ގުޅުންހުރި ތައުލީމީ އަދި ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.

ހަމައެއާއެކު، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓީޓީ ވެރިފިކޭޝަން އެމްއޯޔޫއެއްގައި ކަސްޓަމްސްއާއި ބޭންކުތަކުން ސޮއިކޮށްފި

Images (11)

ކަސްޓަމްސްގެ ޤާނޫނީ ޒިންމާއާ ގުޅޭގޮތުން ޝައްކުއުފެދޭ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްއެއް

Minister Ihusan

ކަސްޓަމްސްގެ ޚިދުމަތްތައް ބައްޓަންކުރާނީ ޑިޖިޓަލްކޮށް ދިނުމަށް: އިޙްސާން

ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ ސިންތެޓިކް ކެެތިނޯން އަތުލައިގަނެފި