ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުދަރެސް ބޯޓް އަޑިއަށް ގޮސް މުދާތައް އޮޔާ ދަނީ، ސަމާލުވާން އެދިއްޖެ

Maldivian_Ads
TTH_Ads
STO_Ads
Advertisement

ތޭރަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައި އަޑިއަށް ދިއުމާއި ގުޅިގެން ބޯޓްގައިވާ މުދާތައް އޮޔާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، މިރޭ ދަންވަރު 01:25 ހާއިރު ވަނީ ލިބިފައި ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފަ އެވެ. އެ މީހާ އެ ހަބަރު ދިނުމުން ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ވަނީ ނަގާފައެވެ.

HajjCop_ads
Advertisement

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތް ކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ފުލުހުން އަދި ބުނީ މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

moosun

މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސް އެ ދޯނީގެ ކެޕްޓަނާއި ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި

Igmh

ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

moosun

ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި