ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްތިއުފާއަށް ގޮވިޔަސް އިސްތިއުފާ ނުދޭނަން: ގަޕޯ

88887
STO_Ads
TTH_Ads
Maldivian_Ads
Advertisement

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާލިޔަސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ގަޕޯ މިއަދު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި ބޭނުމިއްޔާ މަގާމުން ވަކިކުރަން ފެނޭތޯ ވޯޓެއް ނަގަންވީ ކަމަށެވެ.

ގަޕޯ މަގާމުން ވަކިކުރަން 55 މެންބަރުންގެ ސޮޔާއެކު މިހާރު ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުމުގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވެސް ހިމެނިވަޑައިގަންނަވައެވެ.

HajjCop_ads
Advertisement

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ މައްސަލަ އަނެއްކާވެސް ހޫނުވީ ކުއްލިގޮތަކަށް އެ ޕާޓީގެ ޑެޕިޔުޓީ ޗެއާޕާސަން ކަމުން އިބްރާހީމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރުކަމުން އަހްމަދު މައުރޫފް ވަކިކުރުމުންނެވެ.

އެ ދެ ބޭފުޅުން ވިދާޅުވީ މަގާމުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ސުވާލުކުރުމުން ގަޕޯ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ކަންކަން ކުރިއަށްގެންދަން ޑެޕިޔުޓީ ޗެއާޕާސަން އަހްމަދު އަބްދުﷲއާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

448853 3 30f8e8a5ae5b3f8b5bef85d5a8870a833f2ed4c5

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް އާޒިމް

Qw

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި ބޭއްވުމަށް ނިންމައިފި

Qw

އެމްޑީޕީގެ ‘ބޮޑު ބަދަލު’ ގަރާރު ކޮންގްރެސްއިން ފާސްކޮށްފި

Qw

ރާއްޖޭގެ ވެރިކަމާ ހަވާލުވާން އަޅުގަނޑު މިހުރީ ތައްޔާރަށް: ނަޝީދު