ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ޣަފޫރު ގެނައުމަށް ފައްޔާޒް ވެސް ތާއީދު

Gafoor
STO_Ads
TTH_Ads
Advertisement

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ގެނައުމަށް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ތާއީދުކުރައްވައިފައެވެ.

ވަގުތީ ޗެއާޕާސަންކަމުގެ މަގާމުގެ ވާދަވެރިކަމާއެކު އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ އިރު، ގަޕޯ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހަޅާފައިވާ ނަމެކެވެ. އަދި މިހާރު އެ މަގާމަށް ހަމައެކަނި ހުށަހެޅިފައިވާ ނަމަކީ ވެސް ގަޕޯގެ ނަމެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިހާރު ހުށަހެޅިފައިވަނީ ހަމައެކަނި ގަޕޯގެ ނަން ކަމުން، ވަގުތީ ޗެއާޕާސަންކަމަށް ގެނައުމަށް ގަޕޯއަށް ތާއީދުކުރައްވާ ކަމަށެވެ.

HajjCop_ads
Advertisement

ވަގުތީ ޗެއާޕާސަންކަމުގެ މަގާމުގެ ވޯޓު ފުރަތަމަ ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަމަށެވެ. ނަމަވެސް ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ވަހީދު އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެގެން ފަހުން ވަނީ ނިންމާލައިފައެވެ.

އެ ބައްދަލުވުން ހޫނުވީ، އެ މަގާމަށް ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާ އިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާއެކުއެވެ. ނަމަވެސް ފަހުން އެމްޑީޕީން ވަނީ ވަހީދަށް 48 ވޯޓު ލިބިފައިވާ ކަމަށާއި ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބު ވެފައިވާ ކަމަށް ނިންމައިފައެވެ.

އެ މަގާމަށް އިންތިހާބުވެއްޖެ ކަމަށް އެމްޑީޕީން ނިންމި ނަމަވެސް، އެ މަގާމު ދޫކޮށްލަން ވަހީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު ނިންމައިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MDP

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި