ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

Mussss
STO_Ads

މީގެ 14 އަހަރުކުރިން ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލިކަމުގެ ކުށް ސާބިތުވި އެރަށު ސުވާސާގެ މުޙައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފިއެވެ.

ސާޖަންޓް އާދަމް ހަލީމް މަރާލުމުގެ ކުށުގައި ސަމާހުގެ މައްޗަށް މަރުގެ ހުކުމް ފުރަތަމަ އިއްވީ 2013 ވަނަ އަހަރުއެވެ. ސުޕްރީމް ކޯޓާ ހިސާބަށް އެ މައްސަލަ ދިޔުމުން އަލުން މައްސަލަ ބަލަން އަންގައި ހުކުމްކުރީއެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ސާޖަންޓް އާދަމް ހަލީމަށް ސަމާހު ވަޅިން ހަމަލާދިން ކަމާއި އޭނާ މަރުވީ ސަމާހު ދިން ހަމަލާގެ ނަތީޖާއެއްގެގޮތުންކަން ހެކީންގެ ހެކިބަހުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށެވެ.

Maldivian_Ads

ސާޖަންޓް އާދަމް ހަލީމްގެ ވާރިސުން ކޯޓުގައި ބުނެފައި ވަނީ ސަމާހުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއެއްގޮތަށް ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ސާހިލްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

43

ލިޓަން މަރާލިކަން ނިޒާމްގެ މައްޗަށް ސާބިތުވެއްޖެ

43

މީހެއްގެ ހަށިގަނޑަށް ގެއްލުންދިން މީހަކު ހޯދަނީ

Original

މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި ކަމުގެ ދައުވާ ލިބުނު ދެ މީހުން ސަލާމަތްވެއްޖެ