އދ. އޮމަދޫގައި ތަރައްޤީކުރަމުންދާ ޕޮލިސް ޕޯސްޓުގެ އިމާރާތުގެ ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ އިމާރާތުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ވަށާފާރުގައި ސިމެންތި ޖެހުމުގެ އިތުރުން އިމާރާތުގެ ފުރާޅުގެ ފަހު މަސައްކަތްތަކާއި އެތެރޭގެ ބްލޮކް ޖެހުމުގެ މަސައްކަތްތައްވެސް ސައިޓުގައި މިހާރު ދަނީ ކުރަމުންނެވެ.
މި މަސައްކަތަކީ ދިވެހި ފުލުހުންގެ ޚިދުމަތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓު ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ. އޮމަދޫ ޕޮލިސް ޕޯސްޓުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 7 އޮކްޓޫބަރު 2025 ގައެވެ.
އޮމަދޫގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 2021 ވަނަ އަހަރު ވަގުތީ އިމާރާތެއްގައެވެ. މި މަޝްރޫޢު ނިމި، އާ ޕޮލިސް ޕޯސްޓުން ޚިދުމަތް ދޭން ފެށުމުން، ރަށުގެ އަމާންކަން ދެމެހެއްޓުމަށާއި ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.