ފ. ފީއަލީގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫޢަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގަންނުވައި، ކުޅިވަރާއި ކަސްރަތުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމުމުގެ ކުރިން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދެކެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ދަނީ ރަށްރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް ޚާއްޞަކޮށްގެން ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ.
ފީއަލީގައި އިމާރާތްކުރާ މި ސެންޓަރުގެ މަސައްކަތް ނިމުމުން، އެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު މާހައުލެއްގައި ކަސްރަތުކުރުމާއި ދުޅަހެޔޮ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.