ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީއަލީ ބަނދަރުގައި އޭޕްރީލް މަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ

88887
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފީއަލީ ބަނދަރުގައި ހިނގި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި ކަމަށް ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 09:15 ހާއިރު އެވެ. އެ ހާދިސާގައި އިތުރު ތިން އުޅަނދަކަށާއި، ރަށުގެ އައިސް ޕްލާންޓަށާއި ތެޔޮ ޝެޑަށް އަލިފާންގަނޑު ފެތުރުނު ފަހުން، މި ހާދިސާ ކޮންޓްރޯލް ކުރެވިފައިވަނީ ހެނދުނު 10:35 ހާއިރުއެވެ.

ހާދިސާގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެއީ ތެޔޮ ބޯޓުގައި މަސައްކަތްކުރާ އުމުރުން 40 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ދެލޯވާ އެވެ. އޭނާގެ ހާލަތު ގޯސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ ކުރިން ފުރަތަމަ ފަރުވާ ދީފައިވަނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ.

HajjCop_ads
Advertisement

އައިޖީއެމްއެޗްގެ އިންޓެންސިވް ކެއަރ ޔުނިޓްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް، މަރުވެފައިވާކަން އެ ހޮސްޕިޓަލުން ކަށަވަރުކޮށްދެއެވެ.

ދެލޯވާއަށް އެންމެ ފުރަތަމަ ފަރުވާދިން ފީއަލީ ސިއްހީ މަރުކަޒުން ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ 60 އިންސައްތަ ވަނީ ފިހިފައެވެ.

އަލިފާން ރޯވާން މެދުވެރިވީ ތެޔޮ ހުސްކުރުމަށްޓަކައި ބޯޓު ކައިރިކޮށް، ޕަމްޕު ޖެއްސުމުގެ ތެރޭގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 31 at 16.03.15

ފީއަލީ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއަށް

މ. ދޫގަސްވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާ ތިން މީހަކަށް އަނިޔާވެެއްޖެ

Photo 6053157024305976197 y

ހެންވޭރު ގެއެއްގެ ހަތްވަނަ ފަންގިފިލާގައި އަލިފާން ރޯވެ އެޕާޓްމަންޓް ބޭނުންނުކުރެވޭ ވަރަށް އަަންދައިފި

Igmh

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި