ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ކާރަކާއި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދެ ކާރަކާއި ދެ ސައިކަލް ޖެހި އެކްސިޑެންޓްވި އެ މައްސަލަ މިރޭ 12:00ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާގައި ސައިކަލަށާއި ކާރަށް ގެއްލުންތަކެއް ލިބުނެވެ. ފަރުވާދެމުންދާ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެއެވެ.