ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޕްރީލް 1އިން ފެށިގެން އީގޭޓްގެ ޚިދުމަތް ފަތުރުވެރިންނަށް ލިބޭނެ: އިޙުސާން

ihusan
TTH_Ads
STO_Ads
Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު، ވީއައިއޭގެ އައު ޓާމިނަލުގައި ހަރުކޮށްފައިވާ ޒަމާނީ އީގޭޓްތަކުގެ ޚިދުމަތް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ލިބޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އައު ޓާމިނަލުގައި އެންމެ ޒަމާނީ އީގޭޓްތައް ހަރުކޮށް ބޭނުންކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އީ-ގޭޓް ހަރުކުރުމުގެ ބޭނުމަކީ ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަން ޖެހުން ނިމުމަކަށް ގެނައުންކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ވީއައިއޭގެ އައު ޓާމިނަލުގެ އެރައިވަލް އާއި ޑިޕާޗަރ ހިމެނޭހެން ޖުމްލަ 20 ގޭޓް ހަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ފުރަތަމަ 10 ގޭޓް ހަރުކޮށް ބޭނުންކުރަން ވަނީ ފަށާފައެވެ. މި ޚިދުމަތް ފެށިގެން ގޮސްފައިވަނީ ހަމައެކަނި ދިވެހީންނަށް ނަމަވެސް މި ޚިދުމަތް ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް ލިބޭނެގޮތަށް ހަމަޖައްސާނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވަނީ ރާއްޖެއަށް ވަދެ ނުކުމެ ހަދާ މައި ދޮރޯށީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ރައީސްގެ ވަޢުދާއެއްގޮތަށް ރާއްޖޭގެ މައި ދޮރާށީގައި 1 ޖަނަވަރީން ފެށިގެން އީ-ގޭޓްތައް ހަރުކުރެވި ދިވެހިން އީގޭޓް ބޭނުންކޮށްގެން ކްލިއަރެންސް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އަދި 1 އޭޕްރީލް 2026އާއި ހަމައަށް މިއީގޭޓްތަކަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ބޭނުން ކުރެވޭ އީ-ގޭޓް ތަކަކަށް ހަދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިވަގުތު ބާކީ ހުރި 10 ގޭޓް ހަރުކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.

“މިވަގުތު 10 އީ-ގޭޓް އެރައިވަލް އަދި 10 އީ-ގޭޓް ޑިޕާރޗާގައި ވަނީ ޑިޕްލޮއިޑް ކުރެވި އޭގެ ހާޑްވެއާ އާއި އެއްކޮށް އިންސްޓޯލްކުރެވި ސޮފްޓްވެއަރ އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އެޕްރީލް 1ގައި މި ސާރވިސްތައް ފައްޓާނަން. ފައްޓާއިރުގައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ސީމްލެސް އެކްސްޕީރިއެންސެއް ލިބިގެން ރާއްޖެ ވަދެ ނިކުމުގެ ހެދޭ ޚިދުމަތަކަށް މި ޚިދުމަތް ހަދާނަން” ވަޒީރު އިހްސާން ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ޤާއިމްކުރި ޒަމާނީ އީގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން

Io

އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

Io

ގައިދީންނަށް އަމިއްލަ ކުންފުނި ހިންގޭ ފެންވަރުގެ ތަމްރީނު ދިނުމަކީ މުހިންމު ކަމެއް: އިހްސާން 

Igmh

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރަނީ