ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލްއަބްރާރް ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

އަލްއަބްރާރް ހައްޖު އެންޑް އުމްރާ ގްރޫޕުން މީހުން އުމްރާއަށް ގެންދިއުމާބެހޭ ހުއްދަ ވަގުތީ ގޮތުން ހިފަހައްްޓައިފި އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައިގެ ދަށުން އަލްއަބްރާރް ހައްޖު އެންޑް އުމްރާ ގްރޫޕް މިމަހުގެ 3 އިން މިމަހުގެ 26 އަށް ރަމަޟާން އުމްރާ ކުރުމަށް ހަމަޖައްސާފައިވާ އުމްރާ ދަތުރަށް ސައުދީއަށް ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެ ދަތުރު ކެންސަލް ކޮށްފައިވާ ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް ލިބުމާ ގުޅިގެން، އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ކަމާ ގުޅުންހުރި މައުލޫމާތުތައް ސާފުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިހާތަަނަށް އިސްލާމިކް މިނިސްޓްރީއަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އަލްއަބްރާރް ހައްޖު އެންޑް އުމްރާ ގްރޫޕުން ކަނޑައަޅާފައިވާ ތާރީހަށް އުމްރާއަށް މީހުންގެންދިއުމާބެހޭ އުސޫލާ ހިލާފުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

HajjCop_ads
Advertisement

“މިކަމަށްޓަކައި، މި ކުންފުންޏަށް ދޫކޮށްފައިވާ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާބެހޭ ހުއްދަ ވަގުތީ ގޮތުން ހިފަހައްްޓައި، އެކަން ކުންފުންޏަށް މިހާރުވަނީ އަންގާފައި.” އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅޭގޮތުން އިތުރަށް ސާފުކުރަން ޖެހޭ މައުލޫމާތުތަކާއި ބަލާން ޖެހޭ ކަންކަން ބެލުމަށްފަހު އުސޫލުގެ ތެރެއިން އަޅާން ޖެހޭ ފިޔަވަޅުތައް އެ ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ މައްސަލައިގައި އަލްއަބްރާރް ހައްޖު އެންޑް އުމްރާ ގްރޫޕްގެ އުމްރާވެރިންގެ ތެރެއިން މިހާތަނަށް އުމްރާގެ އަޅުކަމަށް ނުފުރި ތިބި އުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަކީ ކޮބައިތޯ ބަލައި އެ ހިދުމަތަތައް ފަހިކޮށްދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕްރޭޝަނުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އުމްރާވެރިން ފުރުމުގެ ކަންތައް ހަމަޖެއްސުމަށް ޗާޓަރު ފްލައިޓެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި

Eee538fc 6d2a 481c 91b4 8fbebff3935a

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް