މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން އިޢުލާން ކުރެއްވީ، މިރޭ ބޭއްވި ކީރިތި ޤުރްއާން ކިޔެވުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ވަޒީރު ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީޚު ފަހުން އިޢުލާން ކުރައްވާނެ ކަމަށެވެ.
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ޙަރަމްގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.

2025 ވަނަ އަހަރު މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.










ކިޔުންތެރިންގެ ހިޔާލު