ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ. މި ބައްދަލުވުން ރޭ އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތަކުގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރުގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި 101 ޢިލްމުވެރިން ބައިވެރިވެލައްވައެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ޚަޠީބުންނާއި 13 އިމާމުންނާއި 24 އިސްލާމް މުދައްރިސުން މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

HajjCop_ads
Advertisement

އިސްލާމީ ވުޒާރާއިން ހާމަކުރިގޮތުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، “21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު” މި ތީމްގެ މައްޗަށެވެ. މިއާއިއެކު ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މަޢުޟޫޢުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން ފާހަގަަކޮށްލެވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F19d4768 8c6d 41a6 b4bf 61b657da81a3

މަސައްކަތް ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން: ޑރ. ޝަހީމް

HTHjaePbgAAYYkh

ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެވަޑައިގަންނަވަނީ

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް