ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް

6145618908455572273
TTH_Ads
Maldivian_Ads
STO_Ads
Advertisement

ގދ. ނަޑެއްލާއާއި، ހޯނޑެއްދޫގައި މިސްކިތް ބިނާކުރުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަންއަށެވެ. އަދި ހޯނޑެއްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަވާލުކުރީ އަފާމީ މޯލްޑިވްސްއަށެވެ.

ނަޑެއްލާގައި މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތަށް ދަޢުލަތުގެ ބަޖެޓުން 10.9 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ. މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ބަޔާއި، އިމާމު ކޮޓަރިއާއި ލައިބްރަރީ އަދި ޤުރުއާން ކުލާސް ހިމެނެއެވެ. އަދި މިސްކިތުގައި އޭސީ ހަރުކުރުމުގެ އިތުރުން ސޯލަރ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

6145618908455572269

ހޯނޑެއްދޫގައި ބިނާ ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގައިވެސް ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ބަޔާއި، އިމާމު ކޮޓަރިއާއި ލައިބްރަރީ އަދި ޤުރުއާން ކުލާސް ހިމެނެއެވެ. މި މިސްކިތުގައި އޭސީ ހަރުކުރުމުގެ އިތުރުން ސޯލަރ ސިސްޓަމް ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ހޯނޑެއްދޫގައި މިސްކިތް ބިނާކުރުމަށް ހަވާލުކުރީވެސް އެއް އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢޫއަށް 11.9 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. މިމްސް ކޮންސްޓްރަކްޝަން އިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ހަސަން ފަޔާޒެވެ. އަދި އަފާމީ މޯލްޑިވްސްއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި

Large thumb

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން މިމަހު 13ގައި، ގިނަ ވަޞީލަތްތަކެއް ހުންނާނެ މިސްކިތެއް!

Eee538fc 6d2a 481c 91b4 8fbebff3935a

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް