ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައުޤާފް ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި، މެނޭޖިންގ ޑިރެކްޓަރަކަށް ޔާމީން އިދުރީސް

HUFl4OGagAANHUR
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލަށް އުފެއްދެވި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް”ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފިއެވެ.

މި ކުންފުންޏަކީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މިދިޔަ މަހުގެ 12 ވަނަ ދުވަހު ނެރުއްވި ޚާއްޞަ ޤަރާރަކުން އުފައްދަވާފައިވާ ކުންފުންޏެކެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމަށް އުފެއްދެވި ކުންފުންޏެކެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ އިތުރުން މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ މުޢާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަކީވެސް މި ކުންފުނީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ މަގުން 1،000,000 (އެއް މިލިއަން) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާއެވެ. އަދި ޝަރުޢީ ބޭނުންތަކަށާއި އެހެނިހެން ހާލަތްތަކުގައިވެސް ކުންފުނީގެ ދަރަންޏަށް ސަރުކާރުން ޒިންމާވާނީ، ކަނޑައެޅިފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް ދައްކާފައި ނުވާނަމަ، ހަމައެކަނި އެ މިންވަރަކަށް ކަމަށްވެސް އެ ޤަރާރުގައި ވެއެވެ.

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސްގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އައްޝައިޚް ޢިއްޒަދީން ޢަދުނާނެވެ. އަދި މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރައްވާފައިވަނީ ޔާމީން އިދުރީސްއެވެ.

ކުންފުނީގެ ބޯޑު މެންބަރުން:

  • ހުސައިން ޝާމް އާދަމް
  • ޑރ. މުޙައްމަދު ޝުޖާޢު
  • މަރްޔަމް ނިހާޔަތު
  • ޢަބްދުﷲ ޢަލީ
  • މުޙައްމަދު ޙިލްމީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ، ދީނީ ކަންކަމަށް ކުރެވޭ ހޭދަތައް އިތުރުކޮށް، ޒަމާނީ ފެންވަރަށް މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމާއެކު، އަލަށް އުފެއްދެވި ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކުންފުންޏަކަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް

Large thumb

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން މިމަހު 13ގައި، ގިނަ ވަޞީލަތްތަކެއް ހުންނާނެ މިސްކިތެއް!

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 މި މަހު 14 އަދި 15 ގައި ބާއްވަނީ