މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމު (އިސްލާމީ މަރުކަޒު)ގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނު ސަރުކާރުން ދީލަތި އެހީއެއް ދީފި އެވެ.
އެކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވާފަ އެވެ. އެ މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނު ސަރުކާރުން ދީލަތި އެހީއެއް ދީފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބިނާކުރި އިސްލާމީ އެންމެ ބޮޑު މަޝްރޫއު އެވެ. އިސްލާމީ މަރުކަޒު އާބާތުރަފިލުވާ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ދަނީ މަސައްކަތް ކުރަމުންނެވެ.
އިސްލާމީ މަރުކަޒަކީ އިސްލާމީ ވަރަށް ގިނަ ޤައުމުތަކުގެ ދީލަތި އެހީ ލިބިގެން ބިނާކޮށްފައިވާ ބިނާ އެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.