ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސައްކަތް ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން: ޑރ. ޝަހީމް

F19d4768 8c6d 41a6 b4bf 61b657da81a3
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިސްލާމީ ދައުވަތުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިސްލާމީ ދައުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތައް ކާމިޔާބުވާނެ ކަން ފާހަގަކުރައްވަމުން، އެންމެންވެސް އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ފާއިތުވި ދެތިން އަހަރު ތެރޭގައި ދީނީ ޖަމިއްޔާތަކާއެކު ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އެގޮތުން ދީނީ ދައުވަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް އިސްލާމީ ސްޓޫޑިއޯތައް ގާއިމުކުރުމާއި ގުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވި ދެ އަހަރު ތެރޭ 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަރަކާތްތެރިކޮށް ހިނގާ ޖަމިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ގާއިމުކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރެއްވިއެވެ.
މިއަހަރުގެ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ސަރުކާރުން ބައިވެރިވި 53 ޖަމިއްޔާއަކުން މަންދޫބުން ބައިވެރިވެފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HTHjaePbgAAYYkh

ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެވަޑައިގަންނަވަނީ

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި