ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުމްރާއަށް ނުފުރި ތިބި މީހުން ފުރުވާލުމުގެ އިންތިޒާމު ސަރުކާރުން ފަށައިފި

maldivian hajj
Maldivian_Ads
STO_Ads
TTH_Ads
Advertisement

އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން މި ރޯދަމަހުގެ ފަހު 10 އެއްގައި އުމްރާގެ އަޅުކަމަށް ނުފުރިފައި ތިބި ދިވެހިން ފުރުވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

“ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މިހާރު ނުފުރި ތިބި 150 މީހުންގެ އިތުރުން ވެސް ޖާގައެއް ހޯދަން ބޭނުންވާ މީހުންނަށް ޖާގަ ހުރި މިންވަރަކުން ދޭނަން. ވަގުތު ކުޑަތަންވެފައި ވުމުން މިކަމުގައި ހުރި ދަތިތައް ހައްލުވޭތޯ މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަން،” ޝަހީމް

ޝަހީމް، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ރޭ ވިދާޅުވީ މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން 150 އެއްހާ ދިވެހިންނަށް އުމްރާއަށް ނުފުރިފައިވާ ކަމަށެވެ. އެ 150 މީހުންނަކީ ބައެއް ގައުމުތައް މެދުވެރިކޮށް ޓްރާންސިޓްކޮށް ދަތުރުކުރަން ހަމަޖެހިފައި ތިބި މީހުން ނަމަވެސް، ފްލައިޓުތައް ކެންސަލްވުމުން ދަތުރު ވަނީ ހުއްޓިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދާ އެއްގޮތަށް، އިސްލާމިކް މިނިސްޓްރީއާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި މޯލްޑިވިއަންއާ ގުޅިގެން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންކަމަށް ޝަހީމް ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި

Eee538fc 6d2a 481c 91b4 8fbebff3935a

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް

kudakudhin

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން، ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި