ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އދގެ އާންމު މަޖިލީހުގައި ޗައިނާގެ ނުސީދާ ބަހުގެ ހަމަލާތައް އެމެރިކާއަށް

ޗައިނާގެ ނައިބް ރައީސް ހަން ޗެންގް
Maldivian_Ads
TTH_Ads
STO_Ads
Advertisement

އދގެ އާންމު މަޖިލީހުގައި ޗައިނާއިން އެމެރިކާއަށް ނުސީދާ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އދގެ އާންމު މަޖިލީހުގައި މިއަދު ތަގުރީރު ކުރައްވަމުން ޗައިނާގެ ނައިބް ރައީސް ހަން ޗެންގް ވަކި ގައުމެއްގެ ނަން ވިދާޅެއް ނުވެއެވެ.

އެހެން ނަމަވެސް ވިދާޅުވީ، ގަލްފްގައި ހިމެނޭ ހުރިހާ ގައުމެއްގެ އިސްތިގުލާލަށް އެންމެންވެސް އިހުތިރާމްކުރަން ޖެހޭނޭ ކަމަށެވެ. އދގެ ޗާޓަރާ ހިލާފަށް އަދި ސަލާމަތީ މަޖިލީހުގެ ހުއްދަނެތި ވަކި ބަޔަކު އަސްކަރީ އުދުވާނުތައް ހިންގުމަކީ ޗައިނާ ވަރަށް ބޮޑަށް ދެކޮޅު ކަމެއް ކަމަށް ނައިބް ރައީސް ހަން ޗެންގް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތް ރައްކާތެރިކުރުމުގެ ގޮތުން ބޮޑެތި ގައުމުތަކުން ޚާއްސަ ޒިންމާތަކެއް އަދާކުރަންޖެހޭ ކަމަށާއި، ބޮޑެތި ގައުމުތައް ވާންޖެހޭނީ ގާނޫނުތަކަށް ތަބާވުމާއި، ގާނޫނުގެ ވެރިކަން ދަމަހައްޓައި، ރަނގަޅު ކަންތައްތައް ކުރުމުގައި އިސްކޮށް ތިބެންޖެހޭ ބަޔަކަށް ކަމަށް ޗައިނާގެ ނައިބް ރައީސް ވިދާޅުވިއެވެ.

ގަލްފް ހިމެނޭގޮތަށް މުޅި މެދުއިރުމަތީގެ ގައުމުތަކުގެ އިސްތިގުލާލާއި ސަލާމަތަށް ހުރިހާ ގައުމަކުންވެސް އިހުތިރާމް ކުރަންޖެހޭ ކަމަށް ޗައިނާ ގަބޫލުކުރާ ކަމަށް ހަން ޗެންގް ވިދާޅުވިއެވެ.

ފަލަސްތީނު މައްސަލައަށް އިޝާރާތް ކުރައްވައި ޗައިނާގެ ނައިބް ރައީސް ވަނީ، މައްސަލަ ހައްލުކުރުމަށްޓަކައި ދެ ދައުލަތުގެ ހައްލަށް އެނބުރި ދާންޖެހޭ ކަމަށާއި، އެކަމަށް ވީހާވެސް އަވަސް މަސައްކަތްތަކެއް ކުރަން ގޮވާލައްވާފައެވެ. އަދި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމަށްވެސް ގޮވާލެއްވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ހުށަހެޅުމަށް ޓްރަމްޕް ހެދީ ދެކޮޅު، އީރާނު މިހާރުއޮތީ ދެން އަޅާނެ ފިޔަވަޅަކަށް ބަލަން

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް