ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ

maldivian hajj
Maldivian_Ads
TTH_Ads
STO_Ads
Advertisement

އެމެރިކާ އާއި އިޒްރޭލް އިސްވެ އޮވެ، އިރާނަށް ހަމަލާދީ މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުންނާއި އެކި ސަބަބުތަކާހުރެ މި އަަހަރުގެ ރަމަޟާން މަހު، އުމްރާގެ އަޅުކަމަށް ނުފުރި ތިބި ފަރާތްތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝަދުގެ ދަށުން ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކި ގްރޫޕްތަކުގެ ހަވާލުގައި ރަމަޟާން އުމްރާއަށް ދިއުމަށް ނިންމާފައިވަނިކޮށް، ފްލައިޓުތައް ކެންސަލްވުމާއި، އެނޫންވެސް ދަތިތަކާ ހުރެ ފުރޭގޮތް ނުވެފައިވާ ފަރާތްތަކަށް، އެކަމަށްޓަކައި ފްލައިޓު ޗާޓަރު ކުރެވޭގޮތް ވެއްޖެނަމަ އެކަން ކުރުމާއި، އެ ކޮމޮޑޭޝަން ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން މި ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރުމަށް އެދި، ދިމާވި އެކި ސަބަބުތަކާ ހުރެ ނުފުރި ތިބި ފަރާތްތަކުގެތެރެއިން މި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ ފަރާތްތަކުން މާދަމާ މެންދުރު 12:00ގެ ކުރިން އީމެއިލް އެޑްރެސް [email protected] އަށް މައުލޫމާތު ފޮނުވުމަށް ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައިވެއެވެ.

HajjCop_ads
Advertisement

އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް އުޅުނު ފަރާތްތަކަށް ނުފުރިފައި ވުމާއި ބައެއް ގައުމުތައް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް، އެގައުމުތަކުގެ ޕްލައިޓްތައް ކެންސަލްވުމުން ނުފުރިފަ ތިބި ފަރާތްތައް އުމްރާއަށް ފުރުވޭނެ ގޮތެއް ހޯދުމަށް ރައީސް ޑރ. މުއިއްޒު އިރުޝާދު ދެއްވާފައިވުމާއެކު، ފުރޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަންއާ ގުޅިގެން ފަށާފައިވާ ވާހަކަ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ވިދާޅުވެފައެވެ.

މިވަގުތާ ހަމައަށް 150 މީހުން ފުރަން ބޭނުންވެފައި ތިބިކަން ފާހަގަކުރެވިފައިކަމަށާއި، ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މީގެ އިތުރުން ވެސް ޖާގަ ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން ދެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ހައްލުވޭތޯ މަސައްކަތްކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި

Eee538fc 6d2a 481c 91b4 8fbebff3935a

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް