ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހު ވަގުތު އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަދީފި

STO_Ads
TTH_Ads
Advertisement

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް ގުރޫޕުން މީހުން އަތުން ފައިސާ ނެގުމަށްފަހު، ފަހު ވަގުތު ދަތުރު ކެންސަލްކުރުމުން އުމްރާއަށް ނުދެވުނު މީހުންގެ ތެރެއިން 28 މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން އުމްރާއަށް ފުރުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަކީލް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ގުރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ، އޭގެ ތެރެއިން ގިނަ ބައެއްގެ އެދުމުގެ މަތިން ހައްޖު ކޯޕަރޭޝަނުން އެހީތެރިކަން ދީފައިވާ ކަމަށެވެ.

އެގޮތުން، ކޯޕަރޭޝަނުގައި ޖާގަ އޮތް މިންވަރުން 28 މީހަކަށް ވިސާ ޖަހައިދީ، މައްކާ އާއި މަދީނާއިން އެކޮމޮޑޭޝަނާއި، ކެއިންބުއިމުގެ އިތުރުން ދަތުރުފަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދީފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. މި 28 މީހުން މިއަދު ހެނދުނު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ސައުދީ އަރަބިއްޔާއަށް ފުރާފައެވެ.
އަލް އަބްރާރު ގުރޫޕުން ރަމަޟާން މަހުގެ ފަހު 15 އެއްގައި އުމްރާއަށް ދިއުމަށް 110 މީހުން ފައިސާ ދައްކާފައިވެއެވެ. ނަމަވެސް، ފުރަން އޮތް ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވައި، ސަރަހައްދީ މަޝްރަހު އޮތް ގޮތުން ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށް ބުނެ އެ ގުރޫޕުން ވަނީ ދަތުރު ކެންސަލްކޮށްފައެވެ.

HajjCop_ads
Advertisement

މިކަމާ ގުޅިގެން ނޫހަށް މައުލޫމާތު ދިން އުމްރާވެރިއަކު ބުނީ، ދަތުރު ކެންސަލްކުރި ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ގުޅުމުން، އުމްރާވެރިންދާ ސަރަހައްދުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ކަންކަން ހަމަޖެހިފައިވާނަމަ ފުރުވާލުމަށް އެންގެވި ކަމަށެވެ. އަދި އެ ގުރޫޕުން އުމްރާއަށް މީހުން ގެންދަން މިނިސްޓްރީގެ ހުއްދައަށް އެދިފައި ނުވާ ކަމަށާއި، މައްކާއިން ހޮޓެލްވެސް ބުކްކޮށްފައި ނުވާކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ.

އަބްރާރު ގުރޫޕްގެ އެމްޑީ އައްފާން ބުނީ، ހުއްދައަށް އެދި މިނިސްޓްރީއަށް މެއިލް ކުރި ކަމަށާއި ނަމަވެސް އެ މެއިލް ނުދިޔައީ ކަމަށެވެ. އެހެންނަމަވެސް، އެ މެއިލް ނުވަތަ ޓިކެޓާއި ހޮޓެލް ބުކިންގެ ލިޔެކިޔުންތައް ދެއްކުމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. ސަބަބެއް ކަމަށް ބުނީ ފުލުހުންނާއި މިނިސްޓްރީން މައްސަލަ ތަހުގީގު ކުރަމުންދިއުމެވެ.

ފައިސާ ދެއްކި މީހުންނަށް ރިފަންޑް ދޭނެ ކަމަށް އެ ގުރޫޕުން ބުނި ނަމަވެސް، އެ ފައިސާ ދެނީ ޓިކެޓަށްވާ ބައި ކަނޑާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސްކޫލް ބަންދާ ދިމާކޮށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 600 މީހުން އުމްރާއަށް

Io

މި ފަހަރުގެ ޗުއްޓީގައި 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާއަށް ގޮސްފި

Img md 202607010223031782897783.9952

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަނުކޮށްފި

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި