އީރާނުން ފޮނުވާލި މިސައިލެއް ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް އަރައިފިއެވެ.

ގަތަރުގެ ޑިފެންސް މިނިސްޓްރީން މިރޭ ބުނީ އީރާނުން އެ ގައުމަށް އަމާޒުކޮށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށެވެ. އޭގެ ތެރެއިން އެއް ބެލިސްޓިކް މިސައިލް ވައިގެ ތެރޭގައި ނައްތާލިއިރު، ދެވަނަ ބެލިސްޓިކް މިސައިލް ގޮސް ވެއްޓިފައި ވަނީ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ހަމަލާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އިތުރު ތަފްސީލް އަންނަނީ...