ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެދުކެނޑުމެއްނެތި ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ އުފުލޭނެ ރޫޓުތަކެއް ކަނޑައަޅައިފި

STO_Ads
TTH_Ads
Advertisement

އަހަރުގެ ކޮންމެ މޫސުމެއްގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މެދުކެނޑުމެއްނެތި މުދާ އުފުލޭނެ ރޫޓުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެން ކަނޑައަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މުދާ ފޯރުކޮށްދިނުމަށް އެމްޕީއެލްއިން ވަނީ “އެންކާ”ގެ ނަމުގައި ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް މުދާ އުފުލާނެ ރޫޓުތަކެއް ކަނޑައަޅާފައި ކަމަށެވެ.

“މިއީ ކޮންމެ މޫސުމެއްގައިވެސް އަދި ކޮންމެ ގޮންޖެހުމެއްގައިވެސް ރައްޔިތުންނަށް އަތޮޅުތަކަށް ރަށްތަކަށް މެދުކެނޑުމެއްނެތި ތަކެތި ފޯރުކޮށްދިނުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމެއް. ފުލް ސެކިއުރިޓީއާއި އިފެކްޓިވްކޮށް އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ތަކެތި ލިބޭނެކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ނުވަތަ ގެންނަ ބަދަލުތަކުގެ ތެރެއިން މިކަން ކުރެވެމުން މިދަނީ. ހުޅަނގު މޫސުމުގައި ވަކި ބާވަތެއް ނުލިބިދާނެ ކަމުގެ ބިރުވެސް ނޯންނަ ގޮތަށް ޔަގީންކަމާއެކު ތަކެތި އުފުއްލާނެ ފަރާތެއް އެމްޕީއެލްއިން އަޅުގަނޑުމެން ކަނޑައެޅީ. ހަމައެކަނި އުފުއްލުން ވަކި ޕޯޓުތަކަށް،” ސައީދު

HajjCop_ads
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ކަމަކީ ތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ހެޔޮ އަގުތަކެއްގައި ބާޒާރުން މެދުކެނޑުމެއްނެތި މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ސައީދު ވިދާޅުވިއެވެ.

ހާއްސަކޮށް ރޯދަ މަހު ފަސޭހަކަމާއެކު ތަކެތި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ބަލަމުން އައި ހަނޑޫ، ހަކުރު، އަދި ފުށުގެ އިތުރުން، މިހާރު ވަނީ 23 ބާވަތެއް އެ ލިސްޓަށް އިތުރުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި 10 ބާވަތުގެ މޭވާއާއި، 10 ބާވަތުގެ ތަރުކާރީގެ އިތުރުން ތިން ބާވަތެއްގެ ކާނާ ހިމެނޭ ކަމަށް ސައީދު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ

B 202608060845411786031141.741

ތިލަފުށި ބަނދަރު މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލް ސްޓޭކްހޯލްޑަރުންގެ ހާއްސަ ބައްދަލުވުމެއް

Thilafushi port

ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި