އެމްޕީއެލް އިން ކުރިއަށްގެންދާ އޭއައި ތަމްރީންގައި 4 ވަނަ ބެޗަށް ތަމްރީން ދީފިއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެކުންފުނިން ބުނީ އޭއައި އެސެންޝިއަލްސް: އަންޑަސްޓޭންޑިންގ އެންޑް ވޯކިންގ ވިތް އޭއައި ޓްރެއިނިންގގެ 4 ވަނަ ބެޗަށް ސެޝަން ނަގައިދީ ނިންމާފައިވާ ކަމަށެވެ.
މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މިންޑްކޯ) އާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މޯލްޑިވްސް 2.0ގެ ދަށުން ހިންގާ 'ޑިޖިޓަލް ފޯ އޯލް ގައުމީ ކެމްޕޭން'ގެ ބައެކެވެ.
ރައީސް އޮފީހުގެ ބެލުމުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕޭނަކީ ފިއުޗާ އިންސްޓިޓިއުޓާއި މިންޑްކޯއިން ހިންގާ ކެމްޕޭނެކެވެ. މި މަސައްކަތުގެ ތެރެއިން އެމްޕީއެލްއިން ދަނީ ޑިޖިޓަލް ކެޕޭސިޓީތައް ހަރުދަނާކޮށް، ރާއްޖޭގެ ގައުމީ ޑިޖިޓަލް ޓްރާންސްފޯމަޝަނަށް އެއްބާރުލުން ދެމުންނެވެ.
އެމްޕީއެލް އިން ބުނީ މިފަދަ ތަމްރީންތައް މެދުވެރިކޮށް ޑިޖިޓަލް އަދި އޭއައި ލިޓްރެސީއަށް އަހުލުވެރި މަސައްކަތްތެރިން ބިނާކޮށް، ދުވަހެއް ދުވަހަކަށް ޑިޖިޓަލް މުސްތަގުބަލަށް މުވައްޒަފުން ގާބިލުކުރުވުން ހަރުދަނާ ކުރެވޭނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.