ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޯއްޗާއި ފްލެޓް ދޭނެކަމަށް ބުނާ ސްކޭމްތަކަށް ސަމާލުވޭ!

STO_Ads
TTH_Ads
Advertisement

‘ބިންވެރިޔާ’ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓް ލިބޭނެ ކަމަށް ބުނެ، ސްކޭމްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން އެވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ގޯއްޗާއި ފުލެޓު ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ޢާންމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ.

ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފުލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އެފަދަ އެހެން އެއްވެސް މުއާމަލާތެއް ނުކުރުމަށް ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ރަސްމީ އުޞޫލުތަކުން ބޭރުން އެއްވެސް މުޢާމަލާތެއް ނުހިންގުމަށްވެސް ވަނީ އަންގަވާފައެވެ.

MMA_Ads
HajjCop_ads
Advertisement

މީގެ އިތުރުން، ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައިވާ އުޞޫލެއް ނުވަތަ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި، ފުލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުޢާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށްވެސް ވަނީ އެދިލައްވާފައެވެ.

މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅުމަށްވެސް އެ ވުޒާރާއިން އެދިލައްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
MMA_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް ކުރިމަތިލެވޭނެ

Image 750x 655c53dd175c1

ބިންވެރިޔާ ސްކީމުގެ 3ވަނަ ކެޓަގަރީއަށް ކުރިމަތިލާން ހުޅުވާލައިފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި

ގުޅީފަޅުން ގޯތި ދޫކުރުން: 2،751 ގޯއްޗެއްގެ ރަޖިސްޓްރީ މިހާރު ދޫކުރެވިފައިވޭ