ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައުސިން މަޝްރޫޢުތައް 2028ގެ މެދުތެރެއަށް ނިމޭނެ: ރައީސް

DSC
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހައުސިންގެ ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިންގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިދައުރުގައި މަޝްރޫޢުތައް ނިންމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހައުސިން މަޝްރޫޢުތަކުގައި މިއަހަރު ބޮޑެތި ކުރިއެރުންތަކެއް ފެންނާނެކަމަށާއި، ބައެއް ރަށްރަށުގެ ހައުސިން މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށެވެ.

މީގެކުރިން އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫޢެއް އެ ދައުރުގެ ތެރޭގައި ނިންމިފައި ނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އެކަން ބަދަލުކުރެއްވުންކަމަށެވެ.

HajjCop_ads
Advertisement

މިސާލަކަށް އިންޑިއާ އަދި ޗައިނާ ސަރުކާރު، މި ގުޅުމުގެ ތެރެއިން މަސައްކަތް ކުރަނީ އިތުރު މަޝްރޫޢުތައް ފެށުމަށް. އަމަލީ ގޮތުން ފްލެޓް އެޅުމުގައި މި އަހަރު ތެރޭގައި އިތުރު ކުރިއެރުންތައް ފެނިގެންދާނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު ވެރިކަމަށް އައި އިރު އެކި ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައިގެން މިހާރު ކުރިއަށް ގެންދާކަމަށާއި، އައު ފައިނޭންސިން މޮޑެލްތަކާއެކު އިތުރު ހައުސިން މަޝްރޫޢުތަކުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ތެރެއިން ރާއްޖޭގެ 13 ރަށެއްގައި ހައުސިން މަޝްރޫޢުތައް ހިންގަން ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިހާރު އެ މަޝްރޫޢުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ހަމަޖައްސާދީ، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބީއެމްއެލް ފައިނޭންސިންގެ ދަށުން ހުޅުމާލެ އާއި ވިލިމާލޭގައި ބިންގާ އަޅާފައިވާ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީ ސަމީމުހަސަން
ކޮބާ ފުލެޓް ބޯހިޔާވަހިކަން ފޮލެޓު ކޮބާ

ގުޅުންހުރި

776985181 1470305708464751 4024787492857494583 n (1)

ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމާލައިފި

HOEX3Dmb0AEMgoB

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް

988

13 ރަށެއްގައި 2100 ހައުސިން އަޅަން ހުޅުވާލައިފި

DSC

ދެން ތަރައްޤީކުރަން ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދުގެ ސަރަހައްދު: ރައީސް