ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި ދަނޑިވަޅުގައި ރާއްޖެއިން މަސައްކަތްކުރާނީ އަރަބި ގައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި: ރައީސް

DSC
STO_Ads
TTH_Ads
Advertisement

މެދުއިރުމަތީގެ ހަމަނުޖެހުމުގެ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއިން މަސައްކަތްކުރާނީ ޢަރަބި އިސްލާމީ ޤައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއިން ޢަރަބި އިސްލާމީ ޤައުމުތަކާއެކުގައި އެއްރޫޙެއްގައި އެކުގައި މަސައްކަތްކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އަދި މި ހަނގުރާމައަކީ އިސްލާމީ އުންމަތަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތާމައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަމަލާތައް ދިނުން ކުށްވެރިކުރައްވައި، މި ހަނގުރާމައިގައި ގެއްލޭ ކޮންމެ މުސްލިމް ފުރާނައަކީ އިސްލާމީ އުންމަތަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިރާނުން ދެމުންދާ ޙަމަލާތަކާއި ގުޅުވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރޭގެ ވަގުތެއްގައި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ރައީސަށް ފޯނުން ގުޅުއްވައި، ދިވެހިރާއްޖޭގެ ތާއީދު ފާޅުކުރައްވައި، ދިވެހި ރައްޔިތުން އެބޭފުޅުންނާއި އެކުގައި ތިބިކަން ދަންނަވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު މެންދުރުފަހު އިތުރު ޤައުމުތަކުގެ އިސްވެރިންނަށް ގުޅުއްވައި، ދިވެހިރާއްޖޭގެ ތާއީދުފާޅުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާ، ޤަތަރު، ބަހްރެއިން އަދި އޮމާންގެ އިސްވެރިންނަށް ގުޅުއްވައި ދިވެހި ރައްޔިތުން ތިބީ އެ ހުރިހާ ޤައުމުތަކެއްގެ ރައްޔިތުންނާއި އެކުގައިކަން ހާމަކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވަހަކަފުޅުގައި ހާމަކުރެއްވިއެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ހަނގުރާމައިގައި ރާއްޖެއަށް އޭގެ އަސަރު މި ކުރަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށާއި އަދި ކާބޯތަކެއްޗާއި ތެލަށް، މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާތީ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރުމުގެ ގޮތުންވެސް ވަރަށްގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިއީ، މިގޮތުން ބޭއްވި، ފުރަތަމަ ބައްދަލުކުރެއްވުމެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 06 13 at 18.51.49

ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޕީއެންސީގެ ސުހާއަށް ރައީސްގެ މަރުޙަބާ

Sstv FORM FOR EC

ޒުވާނުން ބިނާކުރުމުގެ އެންމެ މުހިންމު ސިޔާސަތަކީ ދިވެހި ވަޠަނީ ޚިދުމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

DSC

މިއީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

459848 b46d8348 2

ބޮޑު އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަން ރައީސް އިލްތިމާސްކުރައްވައިފި