ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމައިގެ ސަބަބުން ދިވެހީންނަށް ކުރާނެ އަސަރު ކުޑަކުރަން މަސައްކަތް ފަށައިފިން: ރައީސް

455686 c0228330 2
STO_Ads
TTH_Ads
Advertisement

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، މަސްރަޙު ގާތުން ބައްލަވައި، ދިވެހީންނާއި ދިވެހިރާއްޖެއަށް ކޮށްފާނޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިކަމާ ގުޅިގެން އެކުލަވާލައްވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން، މެދުއިރުމަތީގެ ޤައުމުތަކުގައި މިހާރު ދިރިއުޅޭ ދިވެހިންގެ ޙާލު ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އަދި މިހާތަނަށް، ދިވެއްސެއްގެ ސަލާމަތާ ގުޅުންހުރި އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މައްސަލަ ގޯސްވެ، އިވެކުއޭޓްކުރަން ޖެހިއްޖެ ޙާލަތަކަށްވެސް ތައްޔާރުވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖެއިން ނުފުރި އަދި ރާއްޖެއަށް ނާދެވި ތިބި މީހުންގެ ދަތުރުތައް ރީރޫޓްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލާއި ކާބޯތަކެތި ނުލިބިދާނޭކަމުގެ ނުރައްކާ އަދި ނެތްކަމަށާއި، ފެބުރުވަރީ 28 ގައި ވެސް އޮމާނުން، ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ފުރާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިތުރު ޝިޕްމަންޓެއް ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

HajjCop_ads
Advertisement

މި ވަގުތު އެންމެ މުހިންމީ ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުން ކަމަށާއި، އެގޮތުން، ފަތުރުވެރިކަން ހިމާޔަތްކުރުމަށްޓަކައި، ރާއްޖެއަށް ދަތުރުކުރެވޭ މަގުތަކަށް ބަދަލުގެނެސް، އަމިއްލަ އެއަރލައިންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމުގެ މި ދަނޑިވަޅުގައި، ޢަރަބި އިސްލާމީ ޤައުމުތަކުން މަސައްކަތްކުރަނީ އެއް ބްލޮކެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި މި ހަމަނުޖެހުންތަކުގައި ގެއްލޭ ކޮންމެ މުސްލިމް ފުރާނައަކީ އިސްލާމީ އުންމަތަށް ލިބޭ ގެއްލުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެމެރިކާގެ ހަނގުރާމަމަތީ އުޅަނދެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސިކަމަށް ދެކެވެމުންދާ ވާހަކައާ ގުޅިގެން ކުރެވުނު ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވަނީ، އެއީ ސިވިލިއަން އުޅަނދެއް ކަމަށާއި، އެއީ 17 ޖަނަވަރީގައި ހުއްދަ ނަގައިގެން، ސީޝެލްސް އިން ފުރައިގެން އައިސް، ރާއްޖޭގައި މަޑުކުރުމަށްފަހު ތައިލެންޑަށް ދިޔަ އުޅަނދެއްކަން ސާފުކޮށްދެއްވާފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަތުރެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިއީ، މިގޮތުން ބޭއްވި، ފުރަތަމަ ބައްދަލުކުރެއްވުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް