ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެދުއިރުމައްޗާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް ހުއްޓުމަކަށް އަތުވެއްޖެ

airport
TTH_Ads
STO_Ads
Advertisement

މެދުއިރުމަތީގެ މަޝްރަހް ހޫނުވެ، ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ރާއްޖެއިން މެދުއިރުމައްޗަށް ކުރާ ވައިގެ ދަތުރުތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

އެމެރިކާ އަދި އިސްރާއީލުން އިސްވެ، އީރާނުގެ ވެރިރަށް ތެހެރާނަށް މިއަދު ދިން ހަމަލާތަކާއެކު، އީރާނުންވެސް އެމެރިކާގެ ބޭސްތަކަށް ދިން ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތި ވަނީ ހުއްޓުމަކަށް އައިސްފައެވެ. ހާއްސަގޮތެއްގައި މެދުއިރުމަތީގެ ވައިގެ ދަތުރުތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

މިކަމާ ގުޅިގެން މެދުއިރުމަތިން މިއަދު ރާއްޖެ އަންނަން އޮތް އަދި ރާއްޖެއިން ފުރަން އޮތް ފްލައިޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. މިކަން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ ވީއައިއޭއިން ވެސް ވަނީ ބުނެފައެވެ. ބައެއް މީޑިއާތަކާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މުހައްމަދު ވަނީ މެދުއިރުމަތީގެ ބޮޑެތި ހުރިހާ ސަރަހައްދުތަކަކަށް ކުރާ ދަތުރުތައް ހުއްޓުމަކަށް އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަތުރުތައް ހުއްޓުމާ ގުޅިގެން ދިމާވާ ކަންކަން ހައްލުކުރުމަށް ރިސޯޓްތަކާއި އެއާލައިންތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

HajjCop_ads
MMA_Ads
Advertisement

ޔޫރަޕް އަދި މެދުއިރުމަތީގެ ގިނަ ޤައުމުތަކަކުން ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އަންނަ ބޮޑެތި ގިނަ ފްލައިޓްތައް އަންނަނީ މެދުއިރުމަތީގެ ޤައުމުތަކުގެ އެއާޕޯޓްތައް މެދުވެރިކޮށެވެ. މީގެ ތެރޭގައި ޤަތަރު އެއާވޭސް، އެމިރޭޓްސް އެއާލައިން، ފާހަގަކޮށްލެވެއެވެ.

މެދުއިރުމައްޗަށް ނިސްބަތްވާ އެއާލައިންތަކުގެ އިތުރުންވެސް އޭޝިއާ އަދި ޔޫރަޕްގެ ބައެއް އެއާލައިންތަކުންވެސް ޤަތަރު އަދި ޔޫއޭއީ މެދުވެރިކޮށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މީގެ ތެރޭފައި ލުފްތަންސާ، ސްރީލަންކަން، ތުރުކީގެ ޤައުމީ އެއާލައިން ފާހަގަކޮށްލެވެއެވެ.

މެދުއިރުމަތީގެ މަޝްރަހް ހޫނުވެ، ހާއްސަ ގޮތެއްގައި ގަލްފްގެ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ދަށްވެގެންދާނޭ ކަމެއްކަމަށް އެއާލައިންތަކުގެ އޭޖެންޓުން ވަނީ ފާހަގަކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމަލާތައް ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލުމާއި އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފި

ހަނގުރާމަ ހުއްޓުވުމަށް ޓަކައި ޕާކިސްތާނުން އަރަބި ބައެއް ގައުމުތަކާއެކު މަޝްވަރާތައް ފަށައިފި

އިއްތިހާދުން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށާނެކަން ހާމަކޮށްފި

velaana airport macl

ފަސް މަންޒިލެެއްގެ ފްލައިޓުތަކާއެކު ރާއްޖެއަށް އިތުރު ފްލައިޓުތައް ފަށައިފި