ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެދުއިރުމަތިން އަބްރަހަމް ލިންކަން އަނބުރާ ގެންދަން އެމެރިކާއިން ނިންމުމުން އެތަކެއް ވާހަކަތަކެއް ފެތުރެނީ

STO_Ads
TTH_Ads
Advertisement

މެދުއިރުމަތީގައި މިހާރުއޮތް ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ ކެރިއަރ، ޔޫއެސްއެސް އަބްރަހަމް ލިންކަންގެ

ބަދަލުގައި އެހެން ކެރިއަރެއް އެ ސަރަހައްދަށް ފޮނުވަން އެމެރިކާ އަސްކަރިއްޔާއިން ނިންމުމުން ތަފާތު ވާހަކަތައް ފެތުރެން ފަށައިފިއެވެ.

ޔޫއެސްއެސް އަބްރަހަމް ލިންކަންގެބަދަލުގައި މެދުއިރުމައްޗަށް ފޮނުވަން އެމެރިކާއިން ނިންމީ ޔޫއެސްއެސް ޖޯޖް ވޮޝިންޓަންއެވެ.

HajjCop_ads
Advertisement

އެތެރޭގެ މަސްދަރަކާ ހަވާލާދީ އެމެރިކާގެ އަސްކަރީ ހަބަރުތައް ގެނެސްދޭ ނޫހަކުން ބުނެފައިވަނީ، އަބްރަހަމް ލިންކަން އަނބުރާ ގެންގޮސް، ޖޯޖް ވޮޝިންޓަން ސަރަހައްދަށް ފޮނުވަނީ ރޮޓޭޝަން ޕްލޭނެއްގެ ދަށުން ކަމަށާއި، އެއީ މާ ކުރިންވެސް ތާވަލް ކުރެވިފައިވާ ކަމެއް ކަމަށެވެ.

މި ނިންމުން އިއުލާން ކުރުމާއެކު، އަބްރަހަމް ލިންކަންގެ ހާލަތާމެދު އެމެރިކާގެ ސިޔާސީ ފަރާތްތަކާއި، މީޑިއާއިންވެސް ތަފާތު ވާހަކަތައް ދައްކައި، ކަންބޮޑުވުންރތައް ފާޅުކުރަން ފަށާފައި ވެއެވެ.

އެގޮތުން، އަބްރަހަމް ލިންކަންގެ ހާލަތު ވަރަށް ގޯސް ކަމަށް ބުނެ ރިޕޯޓްތައް ފެތުރިފައި ވެއެވެ. އަސާސީ ސާމާނާއި، ކާބޯތަކެތި މަދުވުމާއި، ފެން ތަޣައްޔަރުވުމާއި، ރައްކާތެރިކަން ކުޑަވުމާއި، ކެރިއަރުގައި ތިބި ސިފައިންނާއި އާއިލާތަކާ މުއާމަލާތް ކުރެވޭގޮތް މެދުކެނޑުމާއި، ސިފައިންގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިތުރުވެ، ސިފައިން އަމިއްލައަށް މަރުވާން ކަނޑަށް ފުންމާލަން އުޅުމުގެ އެތަކެއް މައްސަލަތަކެއްވެސް، އަބްރަހަމް ލިންކަންއަށް ދިމާވެފައިވާ ކަމަށް ރިޕޯޓްތައް ފެތުރިފައި ވެއެވެ.

އަބްރަހަމް ލިންކަން ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި މެދުނުކެނޑި ހަރަކާތްތެރިވާތާ 250 ދުވަސް ވެފައިވާ ކަމަށް ވެއެވެ.

އެ ކެރިއަރާ ގުޅޭގޮތުން ތަފާތު ވާހަކަތައް ފެތުރޭން ފެށުމުން އެމެރިކާ ސަރުކާރުގެ ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތުވަނީ، އެ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނީ، އަބްރަހަމް ލިންކަންގެ ހާލަތާ ގުޅޭގޮތުން އަސްކަރިއްޔާއިން ހާމަކުރި ވާހަކަތައް އޮޅުވާލީ ކަމަށެވެ. އެއީ ހަގީގަތް ނޫން ކަމަށެވެ. އަދި އަބްރަހަމް ލިންކަންގައި ތިބި ސިފައިން ދިގު މުއްދަތެއް ވަންދެން ކަނޑުމަތީގައި ކޮށްދީފައިވާ ޚިދުމަތްތަކަށް އޭނާ ތައުރީފް ކޮށްފައި ވެއެވެ.

އެމެރިކާ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ބިޔަ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލާ އެއް މަނަވަރު  ކަމަށްވާ އަބްރަހަމް ލިންކަންއަކީ، ހަނގުރާމައިގެ ތެރޭގައި އީރާނުގެ އެތައް ހަމަލާތަކެއް އަމާޒުކޮށްފައިވާ އުޅަނދެއް ކަމަށް އީރާނުން ބުނެފައި ވެއެވެ. ނަމަވެސް، އެ ވާހަކަތައް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ތަކުރާރުކޮށް ދޮގުކޮށްފައި ވެއެވެ.

އެކަމަކު، އެކިއެކި ފަރާތްތަކުން އާންމުކޮށްފައިވާ ވީޑިއޯތަކާއި، ފޮޓޯތަކުން އަބްރަހަމް ލިންކަންއަށް އީރާނުން ބޮޑެތި ގެއްލުންތައް ދީފައިވާކަން ހާމަވެފައި ވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި