ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ މިއަހަރު ފަހުކޮޅު ބާއްވަނީ

Maldivian_Ads
STO_Ads
TTH_Ads
Advertisement

“މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025” ގެ ނަމުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވާ ކުޅިވަރުގެ ޝަރަފުވެރި އެވޯޑް ހަފްލާއަކީ 2024 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ހަފްލާއެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި އެވޯޑް ހަފްލާގެ ނޮމިނޭޝަންތަކާ ގުޅިގެން އާންމުންގެ ފާޑުކިއުންތަކެއް އަމާޒުވެފައިވާތީ، އެކަން ސާފުކޮށްދިނުމުގެ ގޮތުން އެ ވުޒާރާއިން ބުނީ، 2024 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރާ ހަފްލާ އެ އަހަރުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ހަފްލާ މިއަހަރަށް ފަސްކުރަން ޖެހުނީ ކަމަށެވެ.

ކުޅިވަރު ވުޒާރާއިން އިތުރަށް ބުނި ގޮތުގައި، 2025 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026” މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

HajjCop_ads
Advertisement

މިހާރު ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ ނޮމިނޭޝަންތަކާ ގުޅޭގޮތުން އެ ވުޒާރާއިން ތަފްސީލް ދެމުން ބުނީ، އެތުލީޓުންނާއި، ކޯޗުން، އޮފިޝަލުން، ނޫސްވެރިން އަދި ފޮޓޯގްރާފަރުންގެ ނޮމިނޭޝަންތަކަކީ އެ ވުޒާރާގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށެވެ. އެއީ ކަމާގުޅޭ ކުޅިވަރު އެސޯސިއޭޝަންތަކުން ނިންމާ ކަންކަން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

2024 ވަނަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ބާއްވާ މި ބޮޑު ހަފްލާ އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ (15 ފެބުރުއަރީގައި) ގަލޮޅު ރަސްމީ ދަނޑުގައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މަރާމާތަށް ފަހު މާފަންނު ފުޓްސަލް ދަނޑު ހުޅުވައިފި

Sstv FORM FOR EC

 ރައީސް މުއިއްޒު ސޮއިކުރެއްވި ވޯލްޑްކަޕްގެ ރަސްމީ ބޯޅައެއް އުއްޗުއަށް ހަދިޔާކުރައްވައިފި

sports

ނަމާދު ވަގުތަށް ކުޅިވަރު ހަރަކާތްތައް 20 މިނެޓަށް މެދުކަނޑާލަން ސްޕޯޓްސް މިނިސްޓްރީން އަންގައިފި

66

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި