ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫގެ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފި

WhatsApp Image 2026 02 07 at 19.35.52
STO_Ads
TTH_Ads
Maldivian_Ads
Advertisement

އައްޑޫގެ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ސަރުކާރުގެ އައިނު ފިހާރަ މިއަދު ހުޅުވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިއަދަކީ އައްޑޫ ސިޓީގެ އިތުރުން ދިވެހިރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާއަށް ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައިގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށިގެން ދިއުމަކީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ސީދާ ގުޅިފައިވާ ނުހަނު ބޭނުންތެރި ކުރިއެރުމެއް ކަމަށެވެ.  “އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި ޚިދުމަތް ގާއިމުކޮށް، މިއަދު ރަސްމީކޮށް އިފްތިތާހު ކުރެވިގެން ދިއުމަކީ އައްޑޫ އަދި ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އެތަށް ފަސޭހަކަމެއް ގެނުވާނެކަމެއް. މި ފުރުސަތުގައި، MCGH އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރެއްވި އިޚުލާޞްތެރި މަސައްކަތްތަކަށްޓަކައި ދެ ހޮސްޕިޓަލުގެ ޓީމަށް ޝުކުރު ދަންނަވަން،” ހަލީމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އަތޮޅުތަކުގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރައްވައި، ރައްޔިތުންނަށް އިތުބާރު ހުރި ދެމެހެއްޓެނިވި ސިއްހީ ނިޒާމެއް ބިނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށާއި، އެމަނިކުފާނު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅުތަކަށް ވެސް ހަލީމް ޝުކުރުއަދާކުރެއްވިއެވެ.

ސަރުކާރުގެ އައިނު ފިހާރައިން މިހާތަނަށް 13،000 އެއްހާ މީހުންނަށް ޚިދުމަތްދީފައިވާ ކަމަށާއި، 12،056 މީހަކަށް އޭގެ ތެރެއިން އައިނު ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، ސަރުކާރުން ނަންބަރު އައިނު ހެދުމުގެ ޚިދުމަތް “އެމްސީޖީއެޗް އޮޕްޓިކަލްސް”ގެ ނަމުގައި ފެށީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Addu Equatorial Hospital (AEH)

އޭއީއެޗްގެ ތަރައްޤީއަށް 150 މިލިޔަން ރުފިޔާގެ އެކި މަޝްރޫޢު މިހާރު ކުރިއަށް އެބަދޭ: ޑރ. އަދީލް

78

އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް ހަމަޖައްސަވައިފި