ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭއީއެޗްގެ ތަރައްޤީއަށް 150 މިލިޔަން ރުފިޔާގެ އެކި މަޝްރޫޢު މިހާރު ކުރިއަށް އެބަދޭ: ޑރ. އަދީލް

Addu Equatorial Hospital (AEH)
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
TTH_Ads
STO_Ads
Advertisement

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް ޚިދުމަތްފުޅާކުރުމަށްޓަކައި، މުހިއްމު ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރަމުންދާކަމަށް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ޢުމްރާރީ ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް އިތުރުކުރުމުގެ އެކި މަޝްރޫޢުތައް ހިމެނެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގެ ދެކުނުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. އެހެންކަމުން އެހޮސްޕިޓަލުގެ ތަރައްޤީއަކީ ގިނަ ރައްޔިތުންތަކަކަށް އޭގެ މަންފާކުރާނެ މުހިއްމު ކަމެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވީ އޭއީއެޗްގެ ތަރައްޤީއާއި ގުޅުންހުރި މުހިއްމު މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ގިނަ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ޚިދުމަތަކީ ޕްރައިވެޓް ރޫމްގެ ޚިދުމަތްކަމަށްވާތީ، ހޮސްޕިޓަލްގައި އެކަމަށް ޚާއްޞަ ވަކި އިމާރާތެއް ތަރައްޤީކުރުމަށް ބީއެމްއެލްގެ މަޝްރޫޢެއްގެ ތެރެއިން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މި މަޝްރޫޢުގެ ދަށުން 3 ފަންގިފިލާގައި 10 ޕްރައިވެޓް ކޮޓަރި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. އެއީ 50 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

“ގިނަ ބޭފުޅުން އެންމެ ބޭނުންފުޅުވާ އެއް ޚިދުމަތަކީ ޕްރައިވެޓް ރޫމްގެ ޚިދުމަތް. އެހެންކަމުން މިހާރު ބީއެމްއެލް ޕްރޮޖެކްޓެއްގެ ދަށުން އެމަސައްކަތް އެބަކުރިއަށްދޭ. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބިން ހަވާލުކުރާނެ.” ސީއީއޯ ޑރ. އަދީލް 

އޭއީއެޗްގެ ތަރައްޤީއަށް 150 މިލިޔަން ރުފިޔާގެ އެކި މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާކަމަށް ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވިއެވެ.

އެގޮތުން ހޮސްޕިޓަލްގައި ހުރި މަތީ ފަންތީގެ އެގްޒެކެޓިވް ރޫމްތަކުގައި ހުންނަންޖެހޭ ސްޓޭންޑަޑަށް ގެނައުމަށްޓަކައި 20 މިލިޔަން ރުފިޔާގެ މަޝްރޫޢު މިހާރުވަނީ ޑިޒައިންކޮށްފައެވެ. ހަމައެއާއެކު ދެކުނުގެ އަތޮޅުތަކުގައި މުހިއްމު ގިނަ ޑައިވިން ސަރަޙައްދުތައް ހުރިއިރު، ޑީކޯވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ހައިޕަރބެރިކް ޗެމްބަރު ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެއިތުރުން ތެރަޕިއުޓިކް ފަރުވާއިތުރަށް ފުޅާކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޚިދުމަތްދޭނެ އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް އެހޮސްޕިޓަލުންދަނީ ކުރައްވަމުންނެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ އިތުރުން ކުއްލި ޙާލަތްތަކުގައި ދެކުނުގެ އެހެން އަތޮޅުތަކުންވެސް ބަރޯސާވާ ހޮސްޕިޓަލެވެ. އެހެންކަމުން އެހޮސްޕިޓަލް ތަރައްޤީކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ ޞިއްޙީ ފަރުވާއަށް މާލެއަށް އައިސް ރައްޔިތުން އުފުލަންޖެހޭ ތަކުލީފަށް ނިމުމެއް އަންނާނެކަމެކެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް ހަމަޖައްސަވައިފި

WhatsApp Image 2026 02 07 at 19.35.52

އައްޑޫގެ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފި