ސަރުކާރުގެ އަމާޒަކީ 2028ވަނަ އަހަރުގެ ނިޔަލަށް މި ބިޔަ މަޝްރޫއު އެއްކޮށް ނިންމާލުމެވެ. އަދި އެ މުއްދަތަށް މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވުމާއެކު، ސުވަރުގެއެއް ފަދަ މި ޖަޒީރާތަކަކީ “ޗެކްއައުޓް” ވުމުން ނިމޭ ތަނެއްގެ ބަދަލުގައި، އިންސާނިއްޔަތާއި ދިރިއުޅުން ދެމިގެންދާ ވަޒަނަކަށް ވާނެއެވެ. ދުނިޔެއަށް މަރުޙަބާ ކިޔުމުގައި ދިވެހިންނަކީ ނަމޫނާއެކެވެ. މިހާރު މި އޮތީ އެއަށްވުރެ ބޮޑު ތަޞައްވުރެކެވެ. އެއީ މީހުން އައިސްފައިދާ މަންޒިލެއްގެ ބަދަލުގައި، މީހުން ނިސްބަތްވާ، ދާއިމަށް ދިރިއުޅޭ “ދިވެހިރާއްޖެ” އެއް ބިނާކުރުމެވެ. މިއީ ހަމަޔަޤީނުންވެސް މި ޖަޒީރާ ސުވަރުގޭގައި ދިރިއުޅުމުގެ އައު، އުންމީދީ ފެށުމެކެވެ.
ދިވެހިރާއްޖޭގެ ނަން އިވުމާއެކު ދުނިޔޭގެ ކޮންމެ މީހެއްގެ ސިކުނޑިއަށްވެސް ސިފަވެގެންދަނީ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ވިލުފެހި ކުލައިގެ މޫދާއި، އާދަޔާ ޚިލާފު ރީތި އިރުއޮއްސޭ މަންޒަރުތަކެވެ. އެތައް އަހަރުތަކެއް ވަންދެން މި ޖަޒީރާ ރަށްތަކަކީ ހަމައެކަނި ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު އެނބުރިދާ ވަގުތީ އުފާވެރިކަމުގެ މަންޒިލެކެވެ. ނަމަވެސް، މިއަދު މިވަނީ މި މަންޒަރުތައް ބަދަލު ކޮށްލާނެ ފަދަ މަޝްރޫޢެއްގެ މަސައްކަތް ފަށާފައެވެ.
އެސްއީޒެޑުގެ ޤާނޫނަށް އިޞްލާޙު ގެނައި ފަހުން ފުރަތަަމަ ފަހަރަަށް ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީ ކުރުމުގެ ހުއްދަ ބޭރުގެ ބަޔަކާ ރަސްމީކޮށް ޙަވާލުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ، ކްރިސްޓަލްސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. ކްރިސްޓަލް ހޯލްޑިންގްސްގެ ފަރާތުން ރާއްޖޭގައި ތަރައްޤީ ކުރާ ފުރަތަމަ ޓައުންޝިޕް ތަރައްޤީ ކުރާނީ، ނ. އަތޮޅުގައެވެ. އަދި މިހާރު މިވަނީ، މި ޓައުންޝިޕްގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ހުރިހާ މަސައްކަތެއް ނިމި، ރަސްމީކޮށް ބިންގާވެސް އަޅާފައެވެ.
މި މަޝްރޫޢުގެ މައިގަނޑު އަސާސަކީ “ދާއިމީކަން”މިއެވެ. މިއީ މެހުމާނުންނަށް ބިނާކުރާ ކޮޓަރިތަކެއްގެ ބަދަލުގައި، ރައްޔިތުންނަށް ފަރުމާކުރެވޭ ގެދޮރެކެވެ. އަދި ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށްވާއިރު، މި ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ވެގެންދާނެއެވެ. ހަމަމިއާއެކު، ޒަމާނީ ކުނި މެނޭޖުކުރުމުގެ ނިޒާމާއި އަދި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަދަ ދަނޑުވެރިކަމުގެ ނިޒާމުތަކުގެ މައްޗަށެވެ. މިކަމަށް އެކަނިވެސް 17 ހެކްޓަރުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު