ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާގެ “ލަގްޒަރީ ޓައިމްސް” އިން ހޮވި އެންމެ އުންމީދީ އެއާލައިނަކަށް މޯލްޑިވިއަން

TTH_Ads
Maldivian_Ads
STO_Ads
Advertisement

ޗައިނާގެ މަޝްހޫރު ޓްރެވަލް މެގަޒިން، “ލަގްޒަރީ ޓައިމްސް” އިން ހޮވި “ޕްރޮމިސިން ނިއު އެއާލައިން” ނުވަތަ އެންމެ އުންމީދީ އާ އެއާލައިންގެ އެވޯޑު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ލިބިއްޖެއެވެ.

މި އެވޯޑު ލިބުމާ ގުޅިގެން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މިއީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އައިލެންޑު އޭވިއޭޝަނުން އިތުރަށް ބުނި ގޮތުގައި މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި އެކަމަށް ދެމުން އަންނަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށެވެ.

HajjCop_ads
Advertisement

ލަގްޒަރީ ޓައިމްސް މެގަޒިންއަކީ ޗައިނާގެ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަޖައްލާއެކެވެ.

ޗައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓު ކަމަށްވާ އިރު، މޯލްޑިވިއަނުން އަންނަނީ އެ ގައުމުގެ އެކި މަންޒިލްތަކަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

473629 58b3876e 8

ޗައިނާއާއި ރާއްޖޭގެ ރަޙްމަތްތެރިކަމަކީ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް

Bc5ee6fa affb 4ebe b89e ed67db7f484b

މޯލްޑިވިއަން އާއި އިއްތިހާދު އެއާވޭސްއާ ދެމެދު ޕާޓްނަރޝިޕް އެއްބަސްވުމެއް

Maldivian

އޮސްޓްރޭލިއާއިން މި އަހަރުގެ މިހާތަނަށް 34,142 ފަތުރުވެރިން

88887

މޯލްޑިވިއަންއިން ކުޑަހުވަދުއަށް ޓިކެޓް ވިއްކަނީ، ކޮޅަކަށް 1,111 ރުފިޔާ