ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިފްކޯއިން 10 ކިލޯގެ ކުދި ކަންނެލި ގަންނަން ފަށައިފި

2
TTH_Ads
STO_Ads

މިފްކޯއިން 10 ކިލޯގެ ކުދި ކަންނެލި ގަންނަން ފަށައިފިއެވެެ.

އެ3 ކުންފުނިން ބުނީ އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައި ވާކަމަށެވެ. އެގޮތުން މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރުގެ އިތުރުން ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި އިއްޔެ ގަނެފައި ވާކަމަށެވެ.

HajjCop_ads

މީގެ ހަފްތާއެއްހާ ދުވަސްކުރީން މި މަހުގެ 11 ވަނަދުވަހު މިފްކޯއިން ވަނީ ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާގެ މަގުން ގަންނަން ފަަށާފައެވެ. އަދި ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ އެ ކުންފުނިން ފައިސާ ދޫކުރަމުން ދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ ކަންނެލި ގަންނަން ފެށުމަކީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.

މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް ދެކޭކަމަށް މިފްކޯއިން ބުނެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މިފްކޯގެ އެމްޑީ ކަމަށް އަނަސް އައްޔަންކޮށްފި

masverin

މި މަހުގެ އެކަނިވެސް މަސްވެރިންނަށް 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

Masverin

މަސްވެރިންނަށް މިއަދު 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި: މިފްކޯ

masverin

ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފި