ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

raees muiz
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު، އަންނަ އާދިއްތަ ދުވަހު (18 ޖެނުއަރީ 2026) ހުޅުވާލުމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. ކުރިން މިއަދު ހުޅުވާލަން އޮތް ނަމަވެސް، ގިނަ ބަޔަކު އެއްފަހަރާ ޕޯޓަލް ބޭނުންކުރާނެތީއާއި ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި ތާރީޚު ބަދަލުކޮށް، ޕޯޓަލް ހުޅުވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

މި ފަހަރުގެ ސްކީމްގައި ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ކުރިން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތާއި، ޓެކްސީ ޑްރައިވަރުންނާއި މަސްވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނަށް ޚާއްޞަ ކެޓަގަރީތައް ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށްވެސް ވަކި އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ.

މި ސްކީމަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އޮންލައިންކޮށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ފްލެޓާއި ގޯއްޗަށް އެދުމުގެ އެންމެ ފަހު މުއްދަތު މިރޭ ހަމަވާނެ

minister muthalib

ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތު މިރެއަށް ހަމަވަނީ

hulhumale

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ފްލެޓަށް ހުށަހަޅާ އިރު ލިޔުން ބޭނުމެއް ނުވާނެ

minister muthalib

ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި