ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތު މިރެއަށް ހަމަވަނީ

minister muthalib
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު މިރޭގެ ނިޔަލަށް ހަމަވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކުރިން މި މުއްދަތު ހަމަވާނެ ކަމަށް އެ ވުޒާރާއިން ކަނޑައަޅާފައި އޮތީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން މިހާރު ވަނީ މިރޭގެ 23:59 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދީފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މިއީ މި ސްކީމަށް ފޯމު ހުށަހެޅުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް މި ސްކީމްތަކަށް ހުށަހެޅުމަށް ލިބިގެން ނުދާނެ. އެހެންވީމައި ވަރަށް ސަމާލުކަންދީގެން ޕޯޓަލްގައިވާ މައުލޫމާތުތައް ރަނގަޅަށް ފުރުމަށްފަހު ހުށަހެޅުމަށް އިލްތިމާސްކުރަން، ނާޒިމް

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ދޫކޮށްލާ ފަރާތްތަކަށް 1,500 ގޯތި ޚާއްޞަކޮށްފައިވެއެވެ.

ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 7,900 ފްލެޓެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް، 1,500 ފްލެޓް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި 2,400 ފްލެޓް ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް ވަނީ ކަނޑައަޅާފައެވެ.

މި ފަހަރުގެ ސްކީމްގައި އުސޫލުތަކަށް ބައެއް ލުއިތައް ވެސް ވަނީ ގެނެސްފައެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެކާއަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލު ގެނެސް، އެ ފަރާތްތަކަށް ވެސް ފުރުސަތު ވަނީ ފުޅާކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދާއިރު، ހުޅުމާލެއާއި ވިލިމާލޭގައި ބައެއް ފްލެޓްތަކުގެ ބިންގާ މިހާރު ވަނީ އަޅާފައެވެ. އަދި އަގުހެޔޮކޮށް ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ މަޝްރޫޢުތައް ކުރިއަށްގެންދާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ވުޒާރާއިން ދަނީ ކުރަމުންނެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ފްލެޓާއި ގޯއްޗަށް އެދުމުގެ އެންމެ ފަހު މުއްދަތު މިރޭ ހަމަވާނެ

hulhumale

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ފްލެޓަށް ހުށަހަޅާ އިރު ލިޔުން ބޭނުމެއް ނުވާނެ

minister muthalib

ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

hulhumale

މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ގޯއްޗާއި ފްލެޓަށް ލެވޭނެ