ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯހިޔާވަހިކަމުގެ ފޯމްތަކުގެ މައުލޫމާތު ރަނގަޅުކުރަން ދިން މުއްދަތު އިތުރުކޮށްފި

boahiyaa
Maldivian_Ads
STO_Ads
TTH_Ads
Advertisement

ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓްއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން ތެރެއިން މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްޞީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް މިނިސްޓްރީން އެޕްލިކަންޓަށް ދޭ މުއްދަތު އިތުރުކޮށްފިއެވެ.

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ކުރިން ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެޕްލިކަންޓުންނަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މި މުއްދަތު މިނިސްޓްރީން ވަނީ 21 ދުވަހަށް އިތުރުކޮށްފައެވެ.

HajjCop_ads
Advertisement

މިނިސްޓްރީން ދީފައިވާ 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަންނާނެއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް މިނިސްޓްރީގައި ހެލްޕް ޑެސްކެއް އަދި ކޯލު ސެންޓަރެއް ވަނީ ޤާއިމްކޮށްފައެވެ. ކޯލު ސެންޓަރަށް ގުޅޭނެ ނަންބަރަކީ 900-4004 އެވެ. ކޯލު ސެންޓަރު އަދި ހެލްޕެ ޑެސްކުގެ ހިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަަހަކު ހެނދުނު 9:00 އިން 15:00 އަށް ލިބިވަޑައިގަންނަވާނެއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ޕްރޮގްރާމްތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަން މިނިސްްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އެއީ ފްލެޓަށް އެދި 35،930 އެޕްލިކޭޝަން އަދި ބިމަށް އެދި 22،575 އެޕްލިކޭޝަންއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ފްލެޓާއި ގޯއްޗަށް އެދުމުގެ އެންމެ ފަހު މުއްދަތު މިރޭ ހަމަވާނެ

minister muthalib

ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތު މިރެއަށް ހަމަވަނީ

hulhumale

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ފްލެޓަށް ހުށަހަޅާ އިރު ލިޔުން ބޭނުމެއް ނުވާނެ

minister muthalib

ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި