ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ފްލެޓަށް ހުށަހަޅާ އިރު ލިޔުން ބޭނުމެއް ނުވާނެ

hulhumale
STO_Ads
TTH_Ads
Advertisement

މި ސަރުކާރުން ކުރިއަށް ގެންދާ “އެންމެނަށް ބޯހިޔާވަހިކަން” ސްކީމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން އެ މީހުންގެ ބެލެނިވެރިން ފްލެޓަށް ކުރިމަތިލާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސާބިތުކުރާނެ ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ “އެންމެނަށް ބޯހިޔާވަހިކަން” ސްކީމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީއަށް، އެފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް އެޕްލައި ކުރެވޭގޮތަށް މިދިޔަ މަހު ވަނީ އުސޫލު ބަދަލުކޮށްފައެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ގެނައި އެ އިސްލާހާއެކު، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

MMA_Ads
HajjCop_ads
Advertisement

އެ ކެޓަގަރީން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން އިތުރަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ އިތުރު ބަދަލުތަކެއްވެސް ގެނެސްފައެވެ. އެގޮތުން، އާންމު ފަރާތްތަކުން މާލެ ސަރަހައްދުގައި 15 އަހަރު ދިރިއުޅެފައިވާން ޖެހުނު ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ މުއްދަތު ވަނީ ފަސް އަހަރަށް ކުޑަކޮށްދީފައެވެ. މީގެ އިތުރުން، ބަލީގެ ހާލަތަށް ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހޭ ފަރާތްތަކާއި، ފަރުވާއަށް މާލެ ބަދަލުވެފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ހުޅުވާލާފައިވާ މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ފްލެޓާއި ގޯއްޗަށް އެދުމުގެ އެންމެ ފަހު މުއްދަތު މިރޭ ހަމަވާނެ

minister muthalib

ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތު މިރެއަށް ހަމަވަނީ

minister muthalib

ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

hulhumale

މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ގޯއްޗާއި ފްލެޓަށް ލެވޭނެ