ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓާއި ގޯއްޗަށް އެދުމުގެ އެންމެ ފަހު މުއްދަތު މިރޭ ހަމަވާނެ

hulhumale
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު މިރޭގެ ނިޔަލަށް ހަމަވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅުމަށް ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. ކުރިން މި މުއްދަތު ހަމަވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާފައި ވަނީ މިޔަ މެއި މަހުގެ 31ވަނަ ދުވަހަށް ނަމަވެސް، އެ ވުޒާރާއިން ވަނީ އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން މިރޭގެ 23:59 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދީފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް ވިދާޅުވީ، ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހެޅުމުގެ ކުރިން ފޯމު ފުރިހަމަކޮށްފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯއާއި، ލިޔެކިއުންތަކާއި މައުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށްފަހު، ފޯމު ހުށަހެޅުމަށް ސަމާލުވުމަށް ވެސް އެދިފައެވެ.

MMA_Ads
HajjCop_ads
Advertisement

ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. މި 15 ކެޓަގަރީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު އަދި މާލޭގައި ރަށްވެހިފައިނުވާ، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ކަނޑައަޅާފައިވެއެވެ.

މި 4،000 ފްލެޓުގެ ތެރެއިން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،200 ފްލެޓު، ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 300 ފްލެޓު މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ފްލެޓު އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓު ވަނީ ކަނޑައަޅައިފައެވެ.

ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ޚާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ 2، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީން 10000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ކަނޑައަޅައިފައެވެ.

އެޕްލިކޭޝަން ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister muthalib

ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތު މިރެއަށް ހަމަވަނީ

hulhumale

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ފްލެޓަށް ހުށަހަޅާ އިރު ލިޔުން ބޭނުމެއް ނުވާނެ

minister muthalib

ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

hulhumale

މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ގޯއްޗާއި ފްލެޓަށް ލެވޭނެ