ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސާޖުޕާލާތަކެއް ބަލައިފާސްކޮށް އެކަކު ހައްޔަރުކޮށްފި

Image 20
STO_Ads
TTH_Ads

ހުޅުމާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށް އެކަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ހުޅުމާލޭގައި ހިންގަމުންދިޔަ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ތަންތަން ބަލައިފާސްކުރުމަށްފަހު އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

Maldivian_Ads

މިދިޔަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް ފާހިޝް އަމަލު ހިންގާ 96 ތަނެއް ބަންދުކޮށްފައިވާ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ސަރުކާރުން އަންނަނީ މިފަދަ ތަންތަން ހޯދައި މިފަދަ ތަންތަން ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

ބިދޭސީންތަކެއް ބަލައިފާސްކޮށް 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Iu

ނުވަ ކްރޫޒްލައިނާ އަކުން 15،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި