ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް ޝަރުތު ހަމަވީ 41 މީޑިއާ

media
STO_Ads
Maldivian_Ads
TTH_Ads
Advertisement

އަމިއްލަ މީޑިއާތަކަށް މިއަހަރު ދޭ މާލީ އެހީތެރިކަމަށް 41 މީޑިއާއެއް ޝަރުތު ހަމަވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރި ކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

އެމްއެމްބީސީން ވިދާޅުވީ، މާލީ އެހީތެރިކަމަށް އެދި 57 މީޑިއާއަކުން ޕްރޮފައިލް ކްރިއޭޓްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ، 41 މީޑިއާ ކަމަށެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ޚާއްސަކޮށް ހުޅުވާލި ފުރުސަތުގައި މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލްގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެމްއެމްބީސީން ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެމްއެމްބީސީން ވިދާޅުވީ، އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް ލިބުނު 8 ޝަކުވާގެ ތެރެއިން ރިވިއު ކޮމިޓީން ބަލައި ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން 3 ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށެވެ.

މާކްސް ދޭ މިންގަނޑަށް ބަލާލާއިރު، 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ކަމަށް އެމްއެމްބީސީން ވިދާޅުވިއެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ނިންމާފައިވެއެވެ. މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ، ޒުވާނުން ބާރުވެރި ކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި، އެ ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ފަދައިން އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު އެ ވުޒާރާއިން ހުށަހެޅުމުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެންނެވެ.

މިއަހަރު މާލީ އެހީ ލިބޭ، ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު އެއް ޕޭމަންޓެއްގެ ގޮތުގައި ލިބިގެންދާނެއެވެ. މިއީ، ދަޢުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭ ފުރަތަމަ ފަހަރެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރީ-ރަޖިސްޓްރީނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ

ނޫސްވެރިންނަށް އޮތް ހައްޖާ އުމްރާގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

Media commission

ހަނގުރާމައާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

media

ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި